Saturday, October 31
9 ރަށެއްގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައި: މަޠީން
ސާފުފެނާއި ރައްކާތެރި ނަރުދަމާ މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ ރަށްްރަށުގެ ޢަަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާން ފަށާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިގޮތުން މަޠީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ޖުމުލަ ނުވަ ރަށެއްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. މަޠީން ވިދާޅުވެފައިވާ ގޮތުގައި ށ. ނޫމަރާގެ މަސައްކަތް ކުރުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންގޮސް، އާރ.އޯ ބިލްޑިންގް ގެ ސައިޓް ސާފުކުރުމުގެ މަސައްކަތް ފެށި، ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތް މިހާރު ވަނީ ޝެޑިއުލް ކުރެވިފައެވެ. ހަމަ އެއާއެކު ށ. ބިލެތްފަހީގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުންވަނީ ފަށާފައިވާ ކަމަށާއި، ނ. މިލަދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގެ އެތެރޭގެ މަސައްކަތާއެކު ފެންމީޓަރުތައް އެސެމްބްލް ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް މަޠީން ވިދާޅުވިއެވެ. މީގެ އިތުރުން ނ. މަގޫދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތާއި ފެންމީޓަރުތައް ގޭގެއަށް ގުޅުމުގެ މަސައްކަތާއި އެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސައްކަތް ފެށިފައިވާއިރު، ބ. ކުޑަރިކިލުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދިޔުމާއެކު އާރ.އޯ ބިލްޑިންގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަމަށް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ސައިޓަށް ގޮސްފައިވާ ކަމަށްވެސް މަޠީން ވިދާޅުވިއެވެ. އަދި އދ. ފެންފުށީފެ ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފަށައިގަތުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގް ސައިޓު ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މ. ރަތްމަންދޫގެ ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތްތައްތަކާއެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސައްކަތް ފަށައިގަނެވިފައިވާ ކަމަށްވެސް މަޠީން ވިދާޅުވިއެވެ. މަޠީންގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ތ. ދިޔަމިގިލީގެ މަސައްކަތް ފެށުމަށް އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގގެ ސައިޓް ސާފު ކުރުމުގެ މަސައްކަތާއި، ތ. މަޑިފުށީގެ މަސައްކަތް ފެށުމަށް އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގެ ސައިޓް ސާފު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު