Saturday, October 31
މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމެނުމަށް ނިންމައިފި
އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން އެ ވުޒާރާއިން ބުނީ މިއީ ވަރަށް މަތީ ފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތްތަކެއް ފެންނަ މިސްކިތެއް ކަމަށެވެ. މި މިސްކިތުން ގެންދިޔަ ވޮއްކޮޅު ފަދަ ތަކެތި މިހާރު ވެސް ދާރުލްއާސާރުގައި އެބަހުރި ކަމަށް ވެއެވެ. މި މިސްކިތް ހިމާޔަތް ކުރުމަކީ މާމިގިލީ ރައްޔިތުން ވަރަށް ކުރީއްސުރެ އެދެމުން އަންނަ ކަމެކެވެ. ވީމާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު މި ނިންމި ނިންމުން ވެގެންދާނީ އެ ރަށު ރައްޔިތުންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމަކަށްކަން ޔަޤީނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު