Saturday, October 31
އައިޖީއެމްއެޗް ގެ 75 އެނދުގެ ވޯޑު އަންނަ މަހު ހުޅުވާނެ: ރައީސް

އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓުގައި އިއްޔެ ރައީސް ވިދާޅުވީ މިއާއެކު އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

''ދެން އެންމެ އަވަހަށް ހުޅުވިގެންދާނީ ނިމިފައިވާ 75 އެނދުގެ ޕްރޮޖެކްޓް. އެތަން ހުޅުވިގެންދާނެ. އޭރުން ވަރަށްބޮޑުތަނުން ޖާގަ އިތުރުވެގެން އެބަދޭ. އެތަން ހުޅުވިގެން ދިޔައިމަ، މިހާރު އައި.ޖީ.އެމް.އެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ވަރަށްބޮޑުތަނުން ޙައްލުވެގެން އެބަދޭ އިނގޭތޯ.

ރައީސް ވިދާޅުވީ އެތަން މޭ މަހުގެ ތެރޭގައި ހުޅުވިގެންދާއިރު އެތަނުގައި ޖެނެރަލް ވާރޑުގެ 44 އެނދާއި، އެޗް.ޑީ.ޔޫ.، ހައި ޑިޕެންޑެންސީގެ 15 އެނދު، އަދި ޕްރައިވެޓް 14 ޔުނިޓް ހުންނާނެކަމަށެވެ.

އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެނދެވެ. އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތްތަކުގައި މިކަމުގެ ދަތިކަން ކުރިމަތިވަމުންދާއިރު މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު