Saturday, October 31
އޯޓިޒަމް ހުންނަ ފަރާތްތަކަށް ޚިދުމަތްތަކާއި ފަރުވާ ފަސޭހަކޮށް ލިބެން ހުރުން މުހިންމު: ފައިޞަލް
އޯޓިޒަމް ހުންނަ ފަރާތްތަކަށް ޚިދުމަތްތަކާއި ފަރުވާ ފަސޭހަކޮށް ލިބެން ހުރުން މުހިންމު ކަމުގައި ކުރީގެ ނައިބު ރައީސް، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ފައިޞަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯޓިޒަމާއި މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި އޯޓިޒަމް ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ޚިދުމަތްތަކާއި ފަރުވާ ފަސޭހަކޮށް ލިބެން ހުރުން މުހިންމު ކަމަށެވެ. އަދި މިފަދަ ކުދިންނާއި މީހުންނަކީ މުޖުތަމަޢުގައި ހަޤީޤީ މާނައިގައި ޝާމިލުކުރެވޭ ބަޔަކަށް ހެދުން މުހިންމު ކަމުގައިވެސް ފައިޞަލް ވިދާޅުވިއެވެ. ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، އޯޓިޒަމް ހުންނަ ފަރާތްތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު