Saturday, October 31
އޮރިޔާން ކާޑު ގެންގުޅެ، ކުރީގެ އަނބިމީހާ ބްލެކްމެއިލްކުރި މީހަކު ހައްޔަރުކޮށްފި

އޮރިޔާން ކާޑު ގެންގުޅެ، ކުރީގެ އަނބިމީހާ ބްލެކްމެއިލްކުރި މީހަކު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ/މއ. ހިންނަވަރުހުޅަގުބައި، މުޙައްމަދު ޒުބައިރު (57 އ) އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ހުއްދަނެތި ގޯތިގެދޮރަށް ވަނުމާއި، އޮރިޔާން ކާޑު ގެންގުޚުމާއި، ބްލެކްމެއިލްކުރުން އަދި ބިރުދެއްކުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން ވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން، އޭނާ ކުރީގެ އަނބިމީހާއަށް ބިރު ދައްކައި ބްލެކްމެއިލް ކުރާ ކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު