Saturday, October 31
ފުލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ސިޓީ ކައުންސިލުން އެހީވެދޭ މުއްދަތު އިތުރުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ފަސޭހަކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މާލޭ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭ މުއްދަތު އިތުރުކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައި 31 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން 2025 އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

މިގޮތުން 31 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން 2025 އެޕްރީލް 05 ވަނަ ދުވަހުގެ ނިޔަލަށް މިކަމަށްޓަކައި އެ އިދާރާގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 ން 14:30 އަށް އަދި 21:30 އިން 23:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އަދި 2025 އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން 2025 އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 ން 16:00އަށް، އަދި ރޭގަނޑު 21:00 ން 23:00 އަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމަށް އޭޕްރީލް 15 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު