Saturday, October 31
އުފެއްދުންތެރިކަމުގެ މައުރަޒުގައި އައްޑޫން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި އައްޑޫ ސިޓީން ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި އައްޑޫ ސިޓީން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ އިދާރާގައި ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ބައިވެރިވުމަށް ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ ސާމްޕަލްތަކަށް ބަލައި ހޮވާލެވޭ 5 ފަރާތަކަށް ސްޕޮންސަރ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޭޕްރީލް 2025 ގެ 14:00 ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ކައުންސިލުން ބުނީ މަޢުރަޒުގައި ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 10 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު