Saturday, October 31
މައްޗަންގޮޅި ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލޭ މައްޗަންގޮޅިގައި ހުންނަ ގެއެއްގައި ޚަބަރެއް ނެތި މީހަކު އޮތްކަމުގެ މަޢުލޫމާތު ރޭ 12:22 ހާއިރު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރޭ ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު