Saturday, October 31
83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަށް ވަނީ ހަވާލުކުރެވިފައި:ރައީސް

ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ދަނީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

މިގޮތުން މިދައުރުގެ މިވީ ދުވަސްކޮޅުތެރޭގައި މިހާތަނަށް ގާތްގަނޑަކަށް 28 ޕޮލިސް ޕޯސްޓް ހުޅުވާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މި ހިނގާ މާރިޗު މަހުގެ 27 ވަނަ ދުވަހުވެސް ވަނީ ފުލުހުންގެ މަރުކަޒު ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އަދި މިހާރު ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން އެމް.ޓީ.ސީ.ސީން 21 ރަށެއްގައި، އާރު.ޑީ.ސީ.އިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން، އެ އިދާރާއަށް ބޭނުންވާ ފަންނީ އަދި ތަޢުލީމީ އަދި ވަޞީލަތްތައް އިތުރުކުރުމުގެ ގިނަ މަސައްކަތްތައް މިހާތަނަށް ކުރައްވާފައިވެއެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު