Saturday, October 31
ރަމަޟާން މަހު ކުރިއަށް ގެންދެވުނު އިޙްޔާ ފޯރަމްތައް ވަރަށް ކާމިޔާބު: ޑރ. ޝަހީމް

މި ރަމަޟާން މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ވަރަށް ކާމިޔާބު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭއެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިފަހަރު އަތޮޅުތެރޭގެ އިޙްޔާ ފޯރަމް ބޭއްވުނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގައި ކަމަށެވެ.

މީގެ އިތުރުން އަތޮޅު އިޙްޔާތަކުގެ އިންތިޒާމްތައް ވަރަށް ރަނގަޅުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އިޙްޔާ ފޯރަމްތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ރަށަކުންވެސް ހާޒިރުވެފައިވާއިރު، އެކަމުން އެނގިގެންދަނީ ރައްޔިތުންގެ އޮތް ޝައުޤުވެރިކަން ކަމުގައެވެ.

ވަޒީރު ވިދާޅުވީ އަންނަ 2026 ވަަނަ އަހަރު އަތޮޅުތެރޭގައި މިއަހަރަށްވުރެ ގިނަ ފޯރަމްތަކެއް ބޭއްވުމަކީ އަމާޒެއް ކަމަށެވެ.

މި ރަމަޟާން މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މާލޭގައި 8 އިޙްޔާ ފޯރަމް، އަތޮޅުތެރޭގައި 7 އިޙްޔާ ފޯރަމް އަދި ދަރިވަރުންގެ 6 އިޙްޔާ ފޯރަމް ބާއްވައިފައެވެ. މި ހުރިހާ ފޯރަމްތަކަކަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު