ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލެވިފައިވާ ކަމަށްކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ވިދާޅުވީ ގދ. ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ %94 ވަނީ ނިމިފައި ވާކަމަށާއި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓްގެ ރިޓެއިނިންގ ވޯލުގެ މަސައްކަތް ކަމަށެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ %94 ވަނީ ނިމިފައި
އަދާހަމައަށް ބަލާއިރު، މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓްގެ ރިޓެއިނިންގ ވޯލުގެ މަސައްކަތް
Images via: @MTCCPlc #ShoreprotectionProjects pic.twitter.com/BXhyzyHNBq
— Ministry of Construction, Housing & Infrastructure (@MoCImv) March 27, 2025
މި މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 26.27 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި ލިޔުން ކިޔާލުމުން