Saturday, October 31
ސްޓޫޑަންޓް ލޯނުތައް ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމުގެ ނިންމެވުން ތަންފީޒުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ހަޔަރ އެޑިޔުކޭޝަން

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަރުޙަބާ ދަންނަވައިފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސްގެ ނިންމެވުން މިވަގުތުން ފެށިގެން ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މި ވަގުތުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ނިންމެވުން ދައްކައިދެނީ ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ފައިސާއާ ގުޅެ ކަންތައްތައް އިސްލާމީ ޝަޜީޢަތުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ރައީސް އިސްކަންދެއްވާ މިންވަރު ކަމަށެވެ.

"މި ފުރުޞަތުގައި، ރައީސުލްޖުމްހޫރިއްޔާ މި ނިންމެވި މުހިންމު އަދި ބޭނުންތެރި ނިންމެވުމަށްޓަކައި އެމަނިކުފާނަށް ތަހުނިޔާއާއި ޝުކުރު ދަންނަވަން"، އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން އެ ވުޒާރާއިން ބުނީ ކުރިއަށް އޮތް ތަނުގައި ދޫކުރާ އެންމެހައި ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާއިރު، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ޢަދަދެއްގެ ފައިސާއެއް ނުނަގާނެ ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީވެސް ނުނަގާނެއެވެ.

އަދި ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި، އެ ވުޒާރާއިން މިހާތަނަށް ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތަކުން އެޑްމިނިސްޓްރޭޓިވް ފީގެ %1 އުނިކޮށް، އެ ލޯނުތަކަށް އަނބުރާ ދައްކަން ޖެހޭ އަދަދު އެޖަސްޓް ކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު