Saturday, October 31
ސްޓޫޑެންޑް ލޯނު ޝަރީޢާ ކޮމްޕްލަޔަންޓްކޮށް އެއްވެސް އިތުރު ފީއެއް ނުނަގަން ނިންމައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެގޮތަށް ނިންމަވާ ރައީސް މިއަދު ވަނީ އެކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ރައީސް ވަނީ އަންގަވާފައެވެ. އެމްނިކުފާނުގެ އެކްސް އެކައުންޓްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް ވަނީ އަންގާފައެވެ. މިގޮތަށް ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިން ވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރަން ރައީސް ވަނީ ހަޔަރ އެޑިޔުކޭޝަން އަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު