Saturday, October 31
އާންމުން ފޮނުވާ ސުވާލުތައް އެމަނިކުފާނު އަމިއްލަފުޅަށް ބައްލަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދިނުމަށް ހާއްސަ ޕޯޓަލްއެއް ތައްޔާރުކޮށްފައިވާ އިރު، އާންމުން ފޮނުވާ ސުވާލުތައް ސީދާ އެމަނިކުފާނު އަމިއްލަފުޅަށް ބައްލަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިގެން ކުރިއަށް ވަޑައިގަތުމެވެ. އަދި ޕޮޑްކާސްޓް މެދުވެރިކޮށްވެސް ރައްޔިތުންނަށް ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ. މި ޕޯޓަލް ތަޢާރަފުކޮށް އާންމުކޮށް ހުޅުވާލީ މީގެ އެއްހަފްތާ ކުރިންނެވެ.

މި ސިލްސިލާ 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށުނު އިރު، ސުވާލުކުރެވެމުން ދިޔައީ ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށްގެންނެވެ. ނަމަވެސް، މިގޮތަށް ކުރިއަށް ގެންދިއުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބޭތީ، ވަގުތީގޮތުން މި ސިލްސިލާ މެދުކަނޑާލެވުނެވެ.

މިހާރު "ރައީސްގެ ޖަވާބު" ސިލްސިލާ އަލުން ފަށާފައިވަނީ، ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ސުވާލު ހުށަހެޅޭނެ ގޮތަށް "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް އައު އިންތިޒާމުތަކާ އެކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު