ބްލެކްސީ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް ދޭ ހަމަލާތައް މަޑުޖައްސާލުމަށް ރަޝިޔާ އާއި ޔޫކްރޭނުން އެއްބަސްވެއްޖެއެވެ.
ސައުދީ އަރަބިއްޔާގައި އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު މިކަން އިއުލާން ކޮށްފައިވަނީ އެމެރިކާއިންނެވެ.
އެމެރިކާއިން އަންގާރަ ދުވަހު ހާމަކުރިގޮތުން ރަޝިޔާ އާއި ޔޫކްރޭން ވަނީ ވަކިވަކިން ކުރެވުނު މަޝްވަރާގައި ރައްކާތެރި ކަމާއެކު ކަނޑު ދަތުރުފަތުރު ކުރުން ކަށަވަރުކުރުމަށާއި ، ބްލެކްސީގައި އަސްކަރީ ބޭނުމަކަށް ވިޔަފާރި އުޅަނދުތައް ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
މިއީ ތިން އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިހެން ގޮސްފައިވާ ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގައި ހަނގުރާމަ ހުއްޓާލުމަށް އެޅި އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ހަމަލާ ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރާނީ ކޮން އިރަކު ކަމެއް އަދި އެކަން ތަންފީޒު ކުރާނެ ގޮތެއް އަދި ސާފު ނުވެ އެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ މުޅި އެއްބަސްވުމަށް ވަގުތުން އަމަލުކުރަން ފެށި ނަމަވެސް ބްލެކްސީ ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ރަޝިޔާއިން އެގައުމުގެ ބޭންކުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ގޮތަށް ވަކި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.
"އެމެރިކާއިން ދެކެނީ އަޅުގަނޑުމެންގެ އެއްބަސްވުންތަކަށް އަމަލުކުރަން ފަށާނީ އެމެރިކާ ފަރާތުން އިއުލާން ކުރުމުން ކަމަށް،" ކިއެވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން