Friday, November 6
މިލަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި
ނ. މިލަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ ނ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިގޮތުން ދަނޑުގެ ސަބްބޭސް ރަނގަޅުކޮށް، ޓާފް އެޅުމުގެ މަސައްކަތް ނިންމައި، ވަށާފާރާއި ފެންސް އުސްކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. މިލަދޫ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އަދި ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތް 1.88 މިލިއަން ރުފިޔާއަށް ތިޙްނާން އިންވެސްޓްމަންޓާ ހަވާލުކުރީ 28 ފެބުރުވަރީ 2024 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު