އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
މިގޮތުން ފެނަކައިން ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރެވެމުންދާ ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރެވެމުން. pic.twitter.com/oMKkaX2Zof
— Fenaka Corporation Ltd (@TeamFenaka) March 24, 2025
އައްޑޫ ސިޓީން މި ރޯދަމަހުވެސް އިންޖީނުތައް މަރާމާތުކުރުމަށް ކަރަންޓްު ކަނަޑަން ޖެހެއެވެ. މިއަދުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހުނެވެ. އޭގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކައިން ބުނަނީ އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ޒަމާންތަކެއް ވަންދެން އިންޖީނު މަރާމާތުނުކުރުމުގެ ސަބަބުން މައްސަލަ ދިމާވެގެން ކަމަށެވެ. މި މައްސަލަތައް ހައްލުކޮށް، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން