Saturday, October 31
ހިރިލަންދޫ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެ
ތ. ހިރިލަންދޫ ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމާތު ދިން ގޮތުގައި ހިރިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ ތަފްޞީލަށް ބަލާއިރު ބިން ހިއްކުމުގެ މަސައްކަތުގެ %100 ވަނީ ނިމިފައެވެ. މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުރިއަށް ދެން އޮތީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށުން ކަމަށެވެ. ހިރިލަންދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި ޙަވާލުކޮށްގެންނެވެ. މި މަސައްކަތަށް ސަޭކަ ފަސްމިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު