Monday, November 2
އުއްމީދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން: ކޮންޓްރޯލަރ ޖެނެރަލް

އުއްމީދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖުގައި ފަޞީޙް ވިދާޅުވީ، މިއަދު އިމިގްރޭޝަނަށް 75 އަހަރު ފުރި އަލިމަސް ޔޫބީލް ފާހަގަކުރަމުންދާއިރު، އިމިގްރޭޝަނަށް ޚިދުމަތްކޮށްދެއްވި އަދި މިހާރުވެސް ހީވާގިކަމާއެކު ޚިދުމަތްކޮށްދެއްވަމުން ގެންދަވާ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ފަޞީޙް ވިދާޅުވީ އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީޚުގައި، ޤައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޒަމާނުއްސުރެ ފޯރުކޮށްދެމުންދާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައިވެސް އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ލައިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން"، ފަޞީޙްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށިގެން އައީ 1950 ވަނަ އަހަރުއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު