Saturday, October 31
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އުތީމު، ތުރާކުނު އަދި އުލިގަމުގައި އޭޓީއެމް ބަހައްޓައިފި
ރައީސް ޑރ މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އުތުރުގެ ތިން ރަށެއްގައި އޭޓީއެމް ޤާއިމްކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ. މިގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތްތައް ވަނީ ހއ. އުތީމު، ހއ. ތުރާކުނު އަދި ހއ. އުލިގަމުގައިވެސް މިއަދު ޤާއިމްކޮށްފައެވެ. މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންނެވި އޭޓީއެމް ވަޢުދު މިއަދު ފުއްދަވާފައިވާ ކަމަށާއި، ކުޑަރަށެއް ބޮޑުރަށެއް ބާކީނުވެ، ރައްޔިތުންނާއި ގާތުން ބޭންކުގެ ޚިދުމަތް ލިބުމަކީ ބޮޑު ލުޔެެއް ކަމަށެވެ. "މިކަމަށް ރައީސް ދެއްވި އިސްކަމާއި، ބޭންކުގެ މިންނެތް މަސައްކަތަށް ވ. ޝުކުރު"، ވަޒީރު ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 158 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތްތްއް ބީއެމްއެލް އިން އަންނަނީ ދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު