Saturday, October 31
މާލޭ ސަރަހައްދުގެ 4 ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

 މާލޭ ސަރަހައްދުގައި ހަތަރު ސަރަހައްދެއްގައި ފިތުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެ ސަރަހައްދުތަކަކީ، މާފަންނު ސްޓޭޑިއަމް، ވިލިނގިލީގައި ބޯޅަދަނޑު، ހުޅުމާލެ ފޭސް 1 ގައި ސިންތެޓިކް ޓްރެކްގައި އަދި ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގެ 23 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލްވެއްޖެނަމަ، މާލޭ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރިއަށްދާނެއެވެ.

މި އިންތިޒާމުތަކަކީ ރަމަޟާން މަހުގެ ނިމުމާއެކު އަންނަ ފިތުރު ޢީދު ދުވަހު، ގިނަ ބައެއްގެ ބައިވެރިވުމާއެކު ޢީދު ނަމާދު އަދާކުރުމަށް ފަސޭހަވާނެ ގޮތަށް ހަމަޖައްސާފައިވާ އިންތިޒާމުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު