ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފިއެވެ. ކާނީގެ މި ގޮވާލުމާއެކު 28 އޭޕްރީލްގައި އެގައުމުގައި އިންތިޚާބު ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.
ކެނެޑާގައި އާ އިންތިހާބެއް ބޭއްވުމަށް ނިންމާފައި މިވަނީ ކެނެޑާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެނެޑާ އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ހެދުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އަދި ކެނެޑާއިން އެތެރެކުރާ މުދަލަށް ނަގާ ޓެކްސް އެމެރިކާއިން ވަނީ ވަރަށް ބޮޑުކޮށްފައެވެ.
ކެނެޑާގައި އިންތިހާބު ބާއްވާނެކަން އިޢުލާން ކުރެވުނީ ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިސްތިއުފާ ދެއްވުމާ ގުޅިގެން ލިބަރަލް ޕާޓީގެ މާކް ކާނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވެތާ އެންމެ 9 ދުވަސް ފަހުންނެވެ.
ކާނީ މި އިންތިޚާބުގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ 2023 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ޤައުމީ އިންތިޚާބުތަކުގައި ކުރީގައި އޮތް ކޮންޒަވޭޓިވް ލީޑަރު ޕިއެރޭ ޕޮއިލިއެވްރެއާ އެކުގައެވެ.
މި އިންތިޚާބަކީ ކެނެޑާގެ މުސްތަޤުބަލަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ. ސަބަބަކީ މި އިންތިޚާބުގެ ނަތީޖާއިން ކެނެޑާގެ ޚާރިޖީ ސިޔާސަތަށާއި އެމެރިކާއާ އޮންނަ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެތީއެވެ. އަދި މި އިންތިޚާބުގެ ނަތީޖާއަށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ބަލަމުންދާނެ ކަމަށް ލަފާކުރެވެއެވެ.
މި ލިޔުން ކިޔާލުމުން