Tuesday, October 27
އީރާނަށް ސިޓީ ފޮނުވީ އަސްކަރީ ފިޔަވަޅު ނާޅައި މައްސަލަ ހައްލުކުރުމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަށް ނިއުކްލިއާ އެއްބަސްވުމެއް ހެދުމަށް ހުށަހެޅުމަކީ  އަސްކަރީ ފިޔަވަޅު ނާޅައި މައްސަލަ ހައްލުކުރުމަށް ކުރިކަމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާދީއްތަ ދުވަހު ވިދާޅުވިއިރު ޓްރަމްޕް މިމަހުގެ ކުރީކޮޅު ޚާމަނާއީއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ނިއުކްލިއާ މައްސަލައިގައި ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށް ހުށަހަޅާފައިވެއެވެ.

ސްޓީވް ވިޓްކޯފް ވިދާޅުވީ އީރާނާ މެދު ކަންތައް ކުރެވޭނެ ދެ ގޮތެއް އެބައޮތް ކަމަށެވެ. އެ ގޮތުން އެއް ގޮތަކީ  އަސްކަރީ ގޮތުން ފިޔަވަޅު އަޅައި މައްސަލަ ހައްލުކުރުން ކަމަށެވެ. ދެވަނަ ގޮތަކީ މަޝްވަރާކޮށްގެން އެމެރިކާ އާއި އެކު އެއްބަސްވުމަކަށް އައުމެވެ.

އެމެރިކާއިން މިފަދަ އިންޒާރުތަކެއް ދީފައިވާއިރު އީރާނުން ބުނެފައިވަނީ މަޝްވަރާ ކުރުމަށް ހުށަހެޅި ހުށަހެޅުމަކީ މަކަރުވެރި ރޭވުމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އަސްކަރީ ގޮތުން ހައްލުކުރަން ނުޖެހޭ.އީރާނަށް އަޅުގަނޑުމެންގެ އިޝާރާތަކީ މަޝްވަރާގެ ތެރެއިން، ޑިޕްލޮމެސީގެ ތެރެއިން، ރަނގަޅު ތަނަކަށް ދެވޭނެތޯ ބެލުން. ކުރެވެން އޮތް ނަމަ އެކަން ކުރަން ތައްޔާރަށް މިތިބީ" ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިޓްކޯފް ވިދާޅުވި އެވެ.

ނަމަވެސް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާކްޗީ ބުރާސްފަތި ދުވަހު ވިދާޅުވީ އެމެރިކާއިން ފޮނުވި ސިޓީއިން ދީފައިވާ އިންޒާރުތަކަށާއި  ފުރުސަތުތަކަށް އެ ގައުމުން ވަރަށް އަވަހަށް ޖަވާބު ދޭނެ ކަމަށެވެ. އޭނާ އާދީއްތަ ދުވަހު އިންޒާރު ދެއްވީ، އެމެރިކާގެ ޕްރެޝަރ ޕޮލިސީ ބަދަލުކޮށްގެން ނޫނީ އެމެރިކާއާއެކު މަޝްވަރާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު