Saturday, October 31
ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަދީފި
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފި އެވެ. "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު ހިންގުމަށް ބޯޑް އޮފް އިންވެސްޓްމަންޓުން ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ކުރިއަށްގެންދާނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކެނަންފަރު އަދި ކުރަމާދޫގައި ކަމަށެވެ. މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެ އެވެ. މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ނިންމާފައި، ކަމަށާއި، އެތަނުގައި ތަރައްގީކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާގެ ތެރެއިން ކާބޯތަކެތީގެ ލިބޭނެ ކަމަށެވެ. މި މަޝްރޫއު ހިންގާ ކްރިސްޓަލް ހޯލްޑިންގްސް އިން ފީސިބިލިޓީ އެސެސްމަންޓަކާއި އިންފްރާސްޓްރަކްޗާ މާސްޓަ ޕްލޭނާއި އިންޖިނިއަރިންގެ އިތުރުން ތިމާވެށީގެ ތަހުލީލުތަކާއި ތަފްސީލީ ވިޔަފާރީ ޕްލޭން ވެސް 180 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެ އެވެ. އަދި އެ ކުންފުންޏަށް މަޝްރޫއު ކުރިއަށް ގެންދެވޭނީ ބޯޑް އޮފް އިންވެސްޓްމަންޓުން ޕްލޭންތައް ފާސްކޮށް މަޝްރޫއު ހަވާލުކުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު