ކަރަންޓް ކެނޑުމާ ގުޅިގެން ލަންޑަންގެ އެންމެ ބޮޑު އަދި ދުނިޔޭގެ އެންމެ ބާރު ބޮޑު އެއް އެއަރޕޯޓް ކަމަށްވާ ހީތްރޯ އެއާޕޯޓް މިއަދު އެއްކޮށް ބަންދުކޮށްފިއެވެ.
މިއަދު އެއްކޮށް އެއަރޕޯޓް ބަންދުކޮށްފައި ވަނީ އެ އެއާޕޯޓަށް ކަރަންޓް ސަޕްލައި ކުރާ، ކައިރީގައި ހުރި ކަރަންޓު ސަބް ސްޓޭޝަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ކަރަންޓް ކެނޑިގެންނެވެ.
ހީތުރޯ އެއަރޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެއަރޕޯޓްގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެހެން ކަމުން މިރޭ 2359 އަކާއި ހަމައަށް އެއަޕޯޓް ބަންދުކޮށްފައިވާކަމަށެވެ.
އެއާޕޯޓަށް ދަތުރު ނުކުރުމަށް ފަސިންޖަރުންނަށް އިލްތިމާސް އިލްތިމާސްކޮށް އެކަމަށް މަޢާފަށްވެސް ވަނީ އެދިފައެވެ.
ހީތުރޯ އެއަރޕޯޓަކީ އަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓެވެ. އެ ކުންފުނީގެ ޓާމިނަލްތަކުން މިދިޔަ އަހަރު ރެކޯޑް އަދަދަކަށް 83.9 މިލިއަން ފަސިންޖަރުން ވަނީ ފާއިތުވެފަ އެވެ.
ހުޅަނގު ލަންޑަންގެ ހޭސްގެ ސަބްސްޓޭޝަންގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ހާސް ގެއަކަށް ކަރަންޓް ނުލިބި، އެސަރަހައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 150 މީހުން ވަނީ ދޫކޮށްލާފަ އެވެ.
މި ލިޔުން ކިޔާލުމުން