Saturday, October 31
ރާއްޖެ އެތެރެ ކުރަން އުޅުނު ވޭޕްގެ ޝިޕްމެންޓެއް އަތުލައިގެންފި

ދިވެހި ރާއްޖެ އެތެރެ ކުރަން އުޅުނު ވޭޕްގެ ޝިޕްމެންޓެއް އަތުލައިގެންފިއެވެ،

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިރޭ ހާމަކުރި ގޮތުގައި، ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2,008 ވޭޕް ވަނީ އަތުލައިގަނެފައެވެ. މި ތަކެތި އަތުލައިގަތީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއާ ކާގޯ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މިތަކެތި ފެނުނީ، ގެނަައި ޝިޕްމަންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސް ދަނީ މިކަން އިތުރަށް ބަލައި ތަހުގީގެއް ހިންގަމުންނެވެ.

މީގެ އިތުރުން، މެލޭޝިއާއިން އިއްޔެ ރާއްޖެ އައި ތިން ފަސިންޖަރެއްގެ ލަގެޖުން ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭ 2,062 އައިޓަމްވެސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. މި ތަކެތި ފެނުނީ ފަސިންޖަރުންގެ ލަގެޖު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލް ކުރުމުގެ އާ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމާ ގުޅިގެން، ޑިސެމްބަރު 15 އިން ފެށިގެން އީ-ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާ ގުޅުންހުރި އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި، ހިލޭ ބެހުމާއި އަދި ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު