Saturday, October 31
ބެކް ޓު ސުކޫލު ކެމްޕޭނަށް ބީއެމްއެލް އިސްލާމިކް އިން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ކެމްޕޭނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި އެހީ ދީފައިވަނީ މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

ބީއެމްއެލްއިން މިއަދު ހާމަކުރި ގޮތުގައި މި އެހީގެ ސަބަބުން 100 ދަރިވަރަކަށް ސްކޫލް ތަކެތި ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އިޖުތިމާއީ އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން އަބަދުވެސް އިސްކަންދޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިންވެސް މަމްސް އެއިޑުން ހިންގާފައިވާ އެކި ހަރަކާތްތަކަށް ބީއެމްއެލްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ފާއިތުވި ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައެވެ.

ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގިނަ ހަރަކާތްތަކެއް މިވަގުތު ކުރިއަށްދާ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެއްގެ ގޮތުގައި ދަރިވަރުންގެ ތަޢުލީމީ ކުރިމަގަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކޮށް، "ބެކް ޓު ސްކޫލް" ކެމްޕޭނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު