Saturday, October 31
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފި
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގެ ތެރެއިން މި ތިން މީހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިމިގްރޭޝަނުން ބުނީ މީގެތެރެއިން ދެ މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖޭގައި ބިދޭސީން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު