Saturday, October 31
ރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުހިންމު ކަމެއް: ޑރ. ހައިދަރު

ދިވެހިރާއްޖެ އަކީ މަތީ ތަޢުލީމު އެކްސޕޯޓްކުރާ ޤައުމަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރުމަށް ބުޒާރާގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް މަތީ ތަޢުލީމު ހާޞިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމެއް. މިއީ ފެށުމަށް ނިންމާފައިވާ ވަރަށް މުހިންމު މަސައްކަތެއް"

- ވަޒީރު ޑރ. ހައިދަރު

ވަޒީރު ޑރ. ހައިދަރު ވިދާޅުވީ ރާއްޖެ އަކީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއް ކަމަށާއި މިކަން ހާޞިލުކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީ އަދި އިންސްޓިޓިއުޓްތަކާ ބައްދަލުކޮށް، މަތީ ތަޢުލީމާށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު