Saturday, October 31
ޗައިނާއިން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދަޑުވެރިކަން ކުރަން ބޭނުންކުރާ ތަކެތި ރާއްޖެ ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މައުލޫމާތު ދިން ގޮތުގައި މިތަކެތީގެ އަގު އެއް ލައްކަ ޗައިނީސް ޔުއާން އަށް އަރައެވެ. އެއީ ދިވެހި ރުފިޔާގެ ދެލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ތަކެއްޗެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މައުލޫމާތު ދިން ގޮތުގައި އެ އެހީގެ ދަށުން ދަޑުވެރިކަން ކުރަން ބޭނުންކުރާ 500 ތަކެތި މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

އެގޮތުން އެ ޕެކޭޖްގައި ހިމެނޭ ތަކެތީގެ ތެރޭގައި:

  • ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔާ
  • ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓް
  • އޮޓަމެޓިކުން ފެންދޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލާ
  • ދޫނި ރޯގާ (އޭވިއަން އިންފުލުއެންޒާ) ވައިރަސް ޓެސްޓު ކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓު

ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗައިން ފޯރުކޮށްދީފައިވ،ާ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ޙަވާލުކުރުމަށް އެ ވުޒާރާއިން ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއ،ި ސިޓީ ކައުންސިލްތަކާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް، ދަނޑުވެރިކަމާބެހޭ ވުޒާރާއާއި، ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު މިދިޔަ އަހަރުގެ އޯގަސްޓު ހަވަނަ ދުވަހުވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު