އަދި ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހއ. ތަކަންދޫގައި ޤާއިމްކުރާ ބީއެމްއެލްގެ އޭޓީއެމް މިއަދު ތަކަންދޫއަށް ގެނެވިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. "ލަސްތަކެއް ނުވެ ބޭންކްގެ ޚިދުމަތް ރަށުން ތަކަންދޫ ރައްޔިތުންނަށާއި ތަކަންދޫ އަށް ޒިޔާރަތްކުރައްވާ ރައްޔިތުންނަށް ލިބިގެންދާނެ"، ޝުޖާޢު ވިދާޅުވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ.ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދިވެހިންގެ ބޭންކުގެ ޚިިދުމަތް އެރައްޔިތަކު ދިރިއުޅޭ ފަސްގަނޑުން ލިބުމަކީ ރައީސް ޑރ @MMuizzu ގެ ވަޢުދުފުޅެއް.ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހއ.ތަކަންދޫ ގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ ATM މިއަދު ވަނީ ތަކަންދޫ އަށް ގެނެވިފަ. 1/2 pic.twitter.com/GcRE7Oe4SW
— Ibrahim Shujau (@IbrahimShujaau) March 16, 2025

ހއ. ތަކަންދޫގައި ޤައިމްކުރުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިއަދު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދިވެހީންގެ ބޭންކުގެ ޚިދުމަތް، އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑުން ލިބުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން





