އެންޓި-ސްކޭމް ސެންޓަރުގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރަން ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުން ވަނީ އެންޓި-ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ މުޙައްމަދު ފާރިޚް، ޗާނދަނީގެ / ހދ. ކުޅުދުއްފުށި (35އ) އެވެ.
ފުލުހުން ވަނީ މައްސަލައިގައި ސުވާލުކުރުމަށް މާރިޗު 24 ދުވަހުގެ 13:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް އޭނާއަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން