Saturday, October 31
ކާޑު ޚިދުމަތްތައް އަދިވެސް ދަނީ މެދުކެނޑެމުން: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ޚިދުމަތްތައް އަދިވެސް ދޭތެރެ ދޭތެރެއިން މެދުކެނޑެމުންދާ ކަމުގައި ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ވަނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިއަދު 05:00 އިން 07:00 އަށް އެ ބޭންކުގެ ކާޑުގެ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ލަފާކުރި ވަރަށްވުރެ މެއިންޓަނަންސް މަސައްކަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އޭޓީއެމް އަދި ޕޮސް މެޝިންތައް ހިމެނޭހެން ބީއެމްއެލްގެ ކާޑު ޚިދުމަތްތައް މިއަދު 14:30 އާ ހަމައަށް މެދުކެނޑޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް މީގެ ގަޑިއިރެއްހާއިރު ކުރިން ބޭންކުން ވަނީ މެއިންޓަނަންސް ނިމިފައިވާ ކަމަށާއި، ކާޑު ޚިދުމަތްތައް އަލުން އިއާދަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަނެއްކާވެސް މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލް އިން ބުނީ ކާޑުގެ ޚިދުމަތްތައް އަދިވެސް މެދުކެނޑެމުންދާ ކަމަށާއި، މިކަމުގެ އަދާހަމަ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބީއެމްއެލް އިން ވަނީ މަޢާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު