Saturday, October 31
މެއިންޓަނަންސް މަސައްކަތަށްފަހު ބީއެމްއެލްގެ ކާޑު ޚިދުމަތްތައް އަލުން އިއާދަކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ކާޑު ޚިދުމަތްތަކުގެ މެއިންޓަނަންސް މަސައްކަތް ނިންމައި، ޚިދުމަތްތައް އަލުން އިއާދަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ބޭންކުން މީގެ އިރުކޮޅެއް ކުރިން ޕޯސްޓެއްގައެވެ. ބީއެމްއެލް އިން ވަނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިއަދު 05:00 އިން 07:00 އަށް އެ ބޭންކުގެ ކާޑުގެ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ލަފާކުރި ވަރަށްވުރެ މެއިންޓަނަންސް މަސައްކަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އޭޓީއެމް އަދި ޕޮސް މެޝިންތައް ހިމެނޭހެން ބީއެމްއެލްގެ ކާޑު ޚިދުމަތްތައް މިއަދު 14:30 އާ ހަމައަށް މެދުކެނޑޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް ބީއެމްއެލް އިން މި ވަނީ ފަހުން ލަފާކުރި ވަރަށްވުރެ މާ ކުރިން މަސައްކަތް ނިންމައި، ޚިދުމަތްތައް އިއާދަކޮށްފައެވެ. ބީއެމްއެލްގެ ކާޑު ޚިދުމަތްތަކަށް ބުރޫ އެރުމުގެ ސަބަބުން ދިމާވި ދަތިތަކަށް ބޭންކުން ވަނީ މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު