Saturday, October 31
ބީއެމްއެލްގެ ކާޑު ޚިދުމަތްތަކަށް ބުރޫއަރައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ކާޑު ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ. ބީއެމްއެލް އިން ވަނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިއަދު 05:00 އިން 07:00 އަށް އެ ބޭންކުގެ ކާޑުގެ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މީގެ އިރުކޮޅެއް ކުރިން ބޭންކުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލަފާކުރި ވަރަށްވުރެ މެއިންޓަނަންސް މަސައްކަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އޭޓީއެމް އަދި ޕޮސް މެޝިންތައް ހިމެނޭހެން ބީއެމްއެލްގެ ކާޑު ޚިދުމަތްތައް މިއަދު 14:30 އާ ހަމައަށް މެދުކެނޑޭނެ ކަމަށެވެ. ނަމަވެސް، މި ވަގުތުތަކުގައިވެސް ބޭންކުގެ މޮބައިލް އަދި އިންޓަނެޓު ބޭންކިންގެ ޚިދުމަތްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ބޭންކުން ބުނެއެވެ. ބީއެމްއެލް އިން ބުނީ ޚިދުމަތް އަލުން އިއާދަކުރުމަށް ބޭންކުގެ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު