Monday, October 12
ޅަދަރީންގެ ހައްގުތަކަށް އަރައިގަތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމެއް ނޫން: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު / ފޮޓޯ: ރައީސް އޮފީސް

ޅަދަރީންގެ ޙައްގުތަކަށް އަރައިގަތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޑރ މުޢިއްޒުގެ ޢާއިލާއާއި އެމަނިކުފާނުގެ ޅަދަރީންގެ ޙައްގުތަކަށް އަރައިގަތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމެއް ނޫން ކަމަށާއި މިހާ ދަށުދަރަޖައިގެ ކަމެއް ކުށްވެރި ކުރުމުގެ ބަދަލުގައި، އިދިކޮޅު ބައެއް ލީޑަރުން މިކަން ދިފާޢުކުރުމަކީ ގޮތްކުޑަ ލަދުވެތި އަމަލެއް ކަމަށް ކަމަށެވެ.


މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.

އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އިތުރުން ގިނަ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު