Saturday, October 31
މޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް ބ. ފުޅަދޫއަށް

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. އަތޮޅަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ ބ. ފުޅަދޫ އަށް އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެށުމާއެކު، ފުޅަދޫ އާއި ފެހެންދޫ އަދި ގޮއިދޫއަށް ފަސޭހަކަމާއެކު ދިއުމަށް މަގުފަހިވެގެންދާނެއެވެ. މި އައު ޚިދުމަތުގެ ސަބަބުން ބ. އަތޮޅަށް ދަތުރުކުރުމަށް އަވަސް އަދި ފަސޭހަ މަގެއް ފަހިވެގެންދާއިރު، ބ. އަތޮޅަށް ދިއުމަށްޓަކައި ކުރަންޖެހޭ ދަތުރު އެންމެ 25 މިނެޓަށް ކުރުވެގެންދާނެއެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް މާރިޗު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ޓިކެޓް ބުކިންގ އަށް މާރިޗު 13 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ނުވަތަ ފްލައިޓް ބުކްކޮށްލުމަށް، މޯލްޑިވިއަންގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ނުވަތަ އެ އެއާލައިންގެ ކޯލް ސެންޓަރ 1671 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު