Tuesday, October 27
ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލް ފުޓްބޯޅަ ކްލަބް އާއި އެކު އެއްބަސްވުމަކަށް

 

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިނގިރޭސި ވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކްލަބް އާއި އެކު އެމ.ްއެމ.ްޕީ.އާރ.ުސީ އިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ތިން އަހަރު ދުވަހަށް ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން ލިވަޕޫލް ގެ އަންހެން އަދި ފިރިހެން ޓީމުގެ ރަސްމީ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަަމަ ޖެހިގެންދާނެއެވެ.އަދި އެ ކްލަބްގެ ސޯޝަލް މީޑިޔާ މަސްދަރުތަކުގަ އާއި އެ ކްލަބް އިން ރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ހިންގާނެ އެވެ.މީގެ އިތުރުންވެސް ރާއްޖެ އާއި ގުޅޭ ޕްރޮމޯޝަންތަކާއި ހާއްސަ ކޮންޓެންޓް ތަކުގައި ބައިވެރިވެ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު އެ ކްލަބްގެ ސަޕޯޓަރުންނަށް ލިބިގެން ދާނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމާއި ގުޅިގެން ލިވަޕޫލް ސަޕޯޓަރުން މެދުގައި ލެވޭ ގުރައަތަކުން ހޮވޭ ނަސީބު ވެރި ފަރާތަކަށް ރާއްޖޭގައި ފަސް ރޭގެ ޗުއްޓީ އެއް ހޭދަ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.އަދި ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ކްލަބްގެ ފަރާތުން ހާއްސަ ޕޮރްގްރާމްތައް ހިންގާނެއެވެ.

އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް ކްލަބް ކަމުގައިވާ ލިވާޕޫލް އާއި އެކު ހެދި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން ގުނާލެވޭ އެ ކްލަބްގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެ ކަމަށް އެމ.ްއެމ.ްޕީ.އާރ.ުސީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.ޝިއުރީ އިތުރަށް ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން ރާއްޖޭގެ ހިތްގައިމު ކަމާއި ރީތިކަން ލިވަޕޫލްގެ ސަޕޯޓަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެއެވެ.

ލިވަޕޫލް އެފްސީގެ ޗީފް ކޮމާޝަލް އޮފިސާ ބެން ލެޓީ ވެސް ވަނީ ލިވަޕޫލް އާއިލާ މެމްބަރެއްގެ ގޮތުގައި ރާއްޖެ އަށް މަރުހަބާ ކިޔާފައެވެ.އަދި މި އީ ޒަމާންތަކަކަށް ދެމިގެންދާނެ ހަނދާންތަކެއް ތަޖްރިބާ ކޮށްލަން އެ ކްލަބްގެ ސަޕޯޓަރުންނަށް ލިބޭ ފުރުސަތެއް ކަމަށް ބުނެފައެވެ.

ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ކަމަށްވާ ލިވާޕޫލް ސޯޝަލް މީޑިޔާ ގެ މަސްދަރުތަކުގައި ފޮލޯ ކުރާ މީހުންގެ އަދަދު 200 މިލިއަނަށްވުރެ މައްޗަށް އަރައެވެ.އަދި އެ ކްލަބްގެ ކުޅުންތެރިންގެ ތެރޭގައި ފުޓްބޯޅަ ދުނިޔޭގެ އެންމެ ނުފޫޒް ގަދަ މަޝްހޫރު ނަންތައް ހިމެނެއެވެ.

ޕްރީމިއަރ ލީގް ކްލަބް ތަކުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ މީހުން އެ ކްލަބެއްގެ މެޗުތައް ބަލާ ލިވާޕޫލް އާއި އެކު މި ހެދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަަން ވަރަށް ބޮޑަށް އިޝްތިހާރު ވެގެން ދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު