Saturday, October 31
ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޕަންޕު ގެންނަނީ

ވިއްސާރައިގައި މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި އިތުރު ދެ ގްލޯބަލް ޕަންޕު ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށް ދިޔަ ކައުންސިލްގެ 4 ވަނަ ދައުރުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އަލަށް ގެންނަ ޕަންޕުތައް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ކޮޅުގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަންޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައެވެ. އެ ދެ ޕަންޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަނު ކޮޅުގައި ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ޚާއްޞަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕު ތަކެއް ކަމަށާއި، މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަންޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުން ވެސް ފެން ހިންދޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ގެނައި ދެޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، މި ޕަމްފުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު