Saturday, October 31
ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އަންކާރާ ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް  އަންކާރާ ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފި އެވެ. ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާއާއި، ރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ރަހީމް އަބްދުލް ލަތީފާއި އަންކަރާ ޔުނިވަރސިޓީގެ ރެކްޓަރ ނެކްޑެޓް އުނުވަރ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ތުރުކިޔޭގެ ޔުނިވަރސިޓީއަކާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ތުރުކިޔޭގެ އަންކާރާ ޔުނިވަރސިޓީއާއެކުއެވެ. މި މަޝްވަރާތަކުގައި ބޮޑަށް މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ދެ ގައުމު ގުޅިގެން ދިރާސާތަކާއި، އީޖާދީގޮތްތަކާއި ތަމްރީނު ފޯރުކޮށްދީ ކާނާގެ ޔަޤީންކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާދީ ބެލެހެއްޓުމަށް އެ ޔުނިވަރސިޓީގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަންކާރާ ޔުނިވަރސިޓީއަކީ ޖަނަވާރުންނަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާދީ ބެލެހެއްޓުމުގައި ތަޖުރިބާކާރު ޔުނިވަރސިޓީއެކެވެ. އެ ޔުނިވަރސިޓީގައި ވެޓެރިނަރީ ފެސިލިޓީ ޤާއިމްކޮށްފައިވަނީ 1842 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު