Saturday, October 31
އައިކޮމް އޮފީހަކީ ސިއްހީގޮތުން އެކަށޭނެ ތަނެއް ނޫން: އައިކޮމް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ސިއްހީގޮތުން އެންމެ އެކަށީގެންވާ މާހައުލަކަށް ނުވާތީ އޮފީހުގެ މަސައްކަތް ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިންފޮމޭޝަން ކޮމިޝަނުން އިއްޔެ ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ ފާހާނާ އައި ސައިކޮޓަރި ބޭނުންކުރުމުގައިި ދަތިތަކެއް ހުރުމުން ރަސްމީގަޑީގައި މަސައްކަތް ކުރަމުން އަންނަނީ ދެ ދަންފަޅިއަށް ބަހާލައިގެން ކަމަށެވެ.

"އެއްބަޔަކު އޮފީހަށް ނުކުންނަނީ އަށަކުން އެގާރައަށް، އަނެއް ބަޔަކު އެގާރައިން ދެއަކަށް، އޮފީހަކަށް ނުނިކުންނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ތިބެގެންނެވެ" އައިކޮމް ގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.

މިގޮތަށް މަސައްކަތް ކުރުމުގެ ސަބަބުންއެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދިއުމަށް ހުރަސްތައް ކުރިމަތިވަމުންދާކަންވެސް ރިޕޮތްގައި ފާހަގަކޮށްފައިވެއެވެ.

އައިކޮމް އޮފީސް ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭ އިމާރާތުގެ ހާލަތު ތަފުސީލުކޮށްދެއްވަމުން ބުނެފައިވަނީ ދެހާސް ފަނަރަ ވަނަ އަހަރު އެ އިމާރާތަށް ބަދަލުވީ ގިނަ މަރާމާތުތަކެއް ކޮށްގެން ކަމަށެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ، ފާހާނާއާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި އިމާރާތުގައި ފޫ ޖެހުމުގެ އުނދަގޫތަކާ ކުރިމަތިވާން ފެށި ކަމަށާއި އެތައް ފަހަރަކު މަރާމާތު ކުރި ނަމަވެސް ދެތިން މަހުގެ ތެރޭގައި ކުރީގެ ހާލަތަށް ބަދަލުވާ ކަމަށް އައިކޮމްއިން ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ އެތަން ހިންގާނެ އާއު އިމާރާތެއް ހޯދުމަށް ކުރި މަސައްކަތުން ބިޑުގެ އަގު 7.6 މިލިއަނަށް ވުރެ ބޮޑުވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތީން ބިޑާ މެދު ގޮތެއް ނިންނަން ނޮވެންބަރު 19، 2024ގައި ފިނޭންސް މިނިސްޓްރީއަށް އައިކޮމްއިން ފޮނުވިއެވެ.

އެހެން  ނަމަވެސް ބިޑްކުރުމުގެ މަރުހަލާ ގެ ކަންކަން ކުރިއަށް ނުދާކަން ކޮމިޝަނުން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު