Saturday, October 31
ސަޢޫދީން ދެކުނު އޭޝިއާގައި ޤާއިމްކުރާ ފުރަތަމަ އިންސްޓިޓިއުޓް ރާއްޖޭގައި

ސަޢޫދީ ޢަރަބިއްޔާއިން ދެކުނު އޭޝިއާގައި ޤާއިމްކުރާ ފުރަތަމަ އިންސްޓިޓިއުޓް ރާއްޖޭގައި ރަޖިސްޓްރީކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އިންސްޓިޓިއުޓްގެ ނަމަކީ "އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" އެވެ.

މި އިންސްޓީޓިއުޓް ރަޖިސްޓްރީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުﷲ ނަޒީރު އަދި އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްގެ ޑައިރެކްޓަރ، މރ. ޞާލިހް ސުލައިމާން ހ. އަލާރަޖާ ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ބައެއް އިސް މުވައްޒަފުންގެ އިތުރުން އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު