Saturday, October 31
ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށް ޓޫރިޒަމަށް ނެގޭ އިސްލާހެއް ހުށަހަޅައިފި

ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް އެވެ.

މި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތް މާއްދާ އަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ.

ރިޒޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއި ދިނުމުގެ މުއްދަތު، އިތުރު ހަ މަސް ދުވަހަށް އިތުރުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު