ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ފަސޭހަކޮށްދިނުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައި މިއަދުން ފެށިގެން 2025 މާރިޗް 30 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
މިގޮތުން މިކަމަށްޓަކައި އެ އިދާރާގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 ން 14:30 އަށް އަދި 21:30 އިން 23:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 31 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން