Saturday, October 31
ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި
އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ކަލާފާނު ޒިޔާރަތް ތަރައްޤީކުރުމަށް ރައީސް ޑރ. މުޢިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް ވިދާޅުވީ ހަންޏާމީދޫއަކީ ތާރީޚީ މުހިންމު ބިނާއެއް ހުންނަ ރަށެއް ކަމަށާއި، އެތަން ހިމާޔަތްކުރެވޭ ގޮތަށް ތަރައްޤީކުރަން ޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ރަށުގެ ފަތުރުވެރިކަން ކުރިއަރައި، ރަށަށް އިތުރު އާމްދަނީ ލިބޭނެ ގޮތަކަށް ބައްޓަން ކުރެވިގެން ކުރިއަށްގެންދެވުން މުހިންމު ކަމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު