Monday, October 12
އިނގިރޭސިވިލާތާއި އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އިނގިރޭސި ވިލާތާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރެވުނީ އިކޮނޮމިކް މިނިސްޓަރ އަހްމަދު ސަޢީދުގެ އަރިހަށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މރ. ނިކޮލަރސް ޑޭވިޑް ލޯވް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުން ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ދެގައުމުން އިގްތިސާދީ ކަންކަމާއި ގުޅޭ އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި ކުރެވުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

ދާދި ފަހުން ބޭއްވި ބިޒިނަސް ކައުންސިލްގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޤާނޫނާއި އަދި ވިޔަފާރިއާ ގުޅޭ ބައެއް މުހިންމު ޤަވާޢިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގައި ކައުންސިލްގެ މެމްބަރުންވަނީ އެބޭފުޅުންގެ މުހިންމު ހިޔާލު ވެސް ހިއްސާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު