Saturday, October 31
އޭވިއޭޝަންގެ ޤާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިސް އޮފިޝަލުންގެ ޓީމެއް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ އޭރިއާ މެނޭޖަރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އޭވިއޭޝަން ޤާނޫނުތަކާއި ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށްޓަކައި ދެފަރާތުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އިސްތިރާޖީ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ އޭވިއޭޝަން ޤަވާއިދުތައް ބައްޓަންކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އޭވިއޭޝަން ޤަވާޢިދުތައް މުރާޖަޢާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެ ޤަވާޢިދުތައް އަދާހަމަ ކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު