Saturday, October 31
ހިތް އިސްލާހު ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާނެ: ސަމީރު
ހިތް އިސްލާހު ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާކަމަށް  އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ. ސަމީރު މިހެން ވިދާޅުވީ، ރޭގެ އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވި 3 ވަނަ ފޯރަމް ޚާއްސަކޮށްފައިވަނީ "އިސްލާމްދީން މަތީ ސާބިތުވާށެވެ!" މި މަޢުޟޫއަށެވެ. މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިންއެވެ. ސަމީރުވަނީ ހިތް ފަސާދަވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު ފަސާދަވެގެންދާކަންވެސް ހަނދާންކޮށްދެއްވާފައެވެ. "ހިތަށް މި ނަން ދެވިފައިވަނީވެސް ހިތަކީ އެކިއެކި އޮއިވަރުތަކާއެކު ފުރޮޅޭ އެއްޗެއްކަމަށްވާތީ. ކިހާވަރަކަށް މި ހިތް ފުރޮޅޭތީދޯ ނަބިއްޔާ ސ.އ.ވ އެ ހިތް ސިފަކުރައްވާފައިވަނީ ސަހަރާއެއްގެ ތެރޭގައި ހުންނަ ގަހެއްގައި އެލުވިފައި އިންނަ ފަތެއްގެ ސިފައިގައި. ދޫނި ފަތެއް ފަދަ އެއްޗެއްގެ ގޮތެއްގައި. އެޖެހޭ ވަޔާއެކު އެފުށް މިފުށަށް އެނބުރޭ އެއްޗެއްގެ ގޮތުގައި. ކިހާ ނާޒުކު އެއްޗެއްތޯ މިއީ." އަހްމަދު ސަމީރު ވިދާޅުވިއެވެ. ޝެއިޚުގެ ވާހަކައިގައި ކެތްތެރިވުމުގެ މައްޗަށްވެސް އަލި އަޅުވާލިއެވެ. މި ރަމަޟާންމަހު މާލޭގައި ޖުމްލަ 8 އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު