Monday, November 2
ބީއެމްއެލްގެ މާސްޓަރކާޑު ބޭނުން ކޮށްގެން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބެލުމުގެ ފުރުޞަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މިއުނިކްގައި ބޭއްވޭ ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުޞަތާއި، މާސްޓަރކާޑު ޕްލެޔަރ މެސްކޮޓް އެކްސްޕީރިއަންސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މާސްޓަރކާޑު ޕްލެޔަރ މެސްކޮޓް ތަޖުރިބާގައި ބައިވެރިވުމަށް ހުޅުވާލި މި ފުރުސަތަކީ ފުޓްބޯޅައަށް ލޯބިކުރާ ޅަޒުވާނުންނަށް ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ބައިވެރިވުމަށް ލިބިގެންދާނެ ފުރުޞަތެކެވެ. މިއީ، ކުޑަކުއްޖަކަށް އޭނާގެ ފުޓްބޯޅަ ހީރޯގެ އަތުގައި ހިފައިގެން ދަނޑަށް ނުކުތުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ލިބޭ ފުރުސަތެއްވެސްމެއެވެ.

މި ޕްރޮމޯޝަން ކާމިޔާބުކުރާ ނަސީބުވެރިއަކަށް ލިބިގެންދާ އަގުހުރި ހަދިޔާތަކުގެ ތެރޭގައި ދެ މީހަކު (ބޮޑު މީހަކާއި ކުޑަކުއްޖަކަށް) 4 ދުވަހުގެ މިއުނިކް ދަތުރެއް ހިމެނެއެވެ. މީގެ ތެރޭގައި މިއުނިކަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓާއި، ހުރުމާއި، ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބެލުމަށް ޓިކެޓާއި، ޕްލެޔަރ މެސްކޮޓް އެކްސްޕީރިއަންސް (ކުޑަކުއްޖާއަށް ފުޓްބޯޅަ ކުޅުންތެރިއަކާއެކު ދަނޑަށް ނުކުތުމުގެ ފުރުޞަތު)، ޕޮކެޓްމަނީ އަދި މަރުޙަބާގެ ހަދިޔާއެއް (ވެލްކަމް ގިފްޓް) ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، ޝަރުތު ފުރިހަމަ ވާނީ 2025 ވަނަ އަހަރުގެ އޭޕްރީލް 9 ވަނަ ދުވަހާ ހަމައަށް މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތައް ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ބޭނުންކުރާ ކަސްޓަމަރުންނަށްނަށެވެ.

މާސްޓަރކާޑަކީ ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ ރަސްމީ ސްޕޮންސަރ ކަމަށްވާއިރު، ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެމްބަރެވެ. އަދި ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތައް ދޫކުރަނީ ބީއެމްއެލްއިންނެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:ޔޫއީއެފްއޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުބަލަންދިއުމަށް  އަށް ޒިޔާރަތްކުރެއްވުން އެދެމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު