Saturday, October 31
ކަރަންޓު އިޤުތިޞާދު ކުރުމަށް ޚާޢްޞަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކަރަންޓު އިޤުތިޞާދު ކުރުމަށް ޚާޢްޞަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެ، ހެނދުނު 06:00 އިން 09:00 ޖެހުމާއި ހަމައަށް އެއްހަމައެއްގައި މަތިވަމުންގޮސް، ހެނދުނު 09:00 އިން ފެށިގެން މެންދުރު 01:00 އާ ދޭތެރޭގެ ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމުގެ އިތުރުން، އެއީ އޮފީސް ގަޑިއަށްވުމާއެކު ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މެންދުރު 1:00 އާއި ހަވީރު 5:00 އާ ދެމެދު، ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު މި ގަޑިތަކުގައި އިތުރު ކަމަށް ފާހަގަ ކުރެވޭ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

އަދި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށް ކަމަށް ފާހަގަ ކުރެވުނު ނަމަވެސް، އޭގެ ފަހުން ދަންވަރު 12 ޖެހުމާއި ހަމައަށް މެންދުރުގެ ލޯޑާއި އެއްވަރެއްގައި ކަރަންޓު ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެހެންކަމުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައި މިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު